ސައިންސާއި ޓެކްނޮލޮޖީގެ ރޮގުން ދުނިޔެ ހޯދަމުން އަންނަ ކާމިޔާބީތައް ދަނީ ދުވަހަކަށް ވުރެ ދުވަހެއް އިތުރުވަމުންނެވެ. އެގޮތުން ސައިންސްގެ ރޮގުން މާހިރުން މިވަނީ އަނެއްކާވެސް އައު ހަރުފަތެއް ގިރާކޮށްފައެވެ.

ސައިންސަވެރިންގެ ޓީމަކުން މިވަނީ 70 މިލިއަން އަހަރުވެފައިވާ، ޖަނަވާރެއްގެ ފޮސިލްތައް ދުނިޔޭގެ އެންމެ ފިނި ހިސާބު ކަމަށްވާ އެންޓާޓިކާއިން ހޯދައިފައެވެ.

ސައިންސްވެރިން ބުނެފައިވަނީ އެ ޖަނަވާރަކީ "އިލާސްމޮސަރައިޑް"ގެ އާއިލާއަށް ނިސްބަތްވާ ޖަނަވާރެއް ކަމަށެވެ. އަދި އެ ޖަނަވާރަށް އެއްގަމުގައްޔާއި ކަނޑުގައި އުޅުމުގެ ކުޅަދާނަކަން ލިބިފައިވާކަމަށްވެސް ސައިންސްވެރިން ބުނެއެވެ.

ބަރުދަނުގައި 15 ޓަނު ހުންނަ މި ޖަނަވާރަކީ 40 ފޫޓު ދިގު ޖަނަވާރެވެ.

ދިރާސާތަކުން ދައްކާގޮތުގައި އެ ޖަނަވާރަކީ ސާރު ދުނިޔެއިން ނެތުމަށް ފަހު ދުނިޔޭގައި އުޅުނު ޖަނަވާރެކެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *