ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ފުށުއެރުން ހުރިކަމަށްބުނެ ޖޭއެސްސީން ހިސާން ހުސައިން އިސްތިއުފާ ދެއްވައިފިކަމަށްބުނެ ހިސާންގެ ނަމުގައި ދައުރުވަމުންދަނީ ފޭކް މެސެޖެއްކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
ޖަޒީރާ ނިއުސްގެ ނޫސްވެރިއަކަށް އެ މެސެޖު ލިބުމުން ހިސާންއަށް ގުޅާލުމުން ހިސާން ވިދާޅުވީ، އެ ފަދަ މެސެޖެއް ދައުރުވާން ޖެހޭ ސަބަބެއް ނޭނގޭކަމަށެވެ. އަދި މިވަގުތުވެސް އިންނެވީ ޖޭއެސްސީ ބައްދަލުވުމެއްގައިކަމަށްވެސް ވިދާޅުވިއެވެ.
ހިސާން އިތުރަށް ވިދާޅުވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ދީދީގެ މައްސަލައެއް ޖޭއެސްސީން ބަލަން ފެށުމާއެކު، ކާކުކަން ނޭނގޭ މީހަކު ހިސާންގެ ނަމުގައި އެސްއެމްއެސް ތަކެއް ފޮނުވަމުން ދާކަމަށެވެ.