ބްރޮޑްކާސްޓިންގް ކޮމިޝަންގެ މެމްބަރުކަމުން އިސްމާއީލް ސޮފްވާން އިސްތިއުފާ ދެއްވައިފިއެވެ.
ބްރޮޑްކޮމްގެ މެމްބަރު ސޮފްވާން ވަނީ މިއަދު، އެބޭފުޅާގެ އިސްތިއުފާގެ ސިޓީ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައެވެ.
ސޮފްވާން މަގާމުން މިއަދު އިސްތިއުފާ ދެއްވާފައިވާއިރު، އޭނާ މަގާމުން ވަކިކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ އިއްޔެ ނިންމާފައެވެ.
މަޖިލީހުގެ މިނިވަން މުއްސަސާތަކާއި ބެހޭ ކޮމެޓީން ސޮފްވާން ވަޒީފާއިން ވަކި ކުރަން ނިންމީ، އޭނާ ވަޒީފާ އަށް ނުނިކުމެ ގިނަ ދުވަސް ވުމުންނެވެ.