ޖުޑީޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) ބަންޑާރަ ނައިބު އިބްރާޙީމް ރިއްފަތު އިސްތިއުފާދެއްވައިފިކަމަށް ބުނެ ދައުރުކުރަމުން ދަނީ ފޭކް މެސެޖެއްކަމަށް ބަންޑާރަ ނައިބު ވިދާޅުވެއްޖެއެވެ. 

ބަންޑާރަނައިބުގެ ނަންބަރު ބޭނުންކޮށްގެން ދައުރުވަމުންދާ މެސެޖުގައިވަނީ، ބަންޑާރަ ނައިބުކަމުގެ މަގާމުގައި ހުރެގެން ޖޭއެސްސީގެ މެންބަރުކަން ކުރުމަކީ އެ ބޭފުޅާގެ ޟަމީރަށް ޤަބޫލުކުރެވޭކަމެއްކަމަށް ނުދެކޭތީވެ، ޖޭއެސްސީގެ މެންބަރުކަމުން އިސްތިއުފާ ދިން ވާހަކައެވެ.

މި މެސެޖް ޖަޒީރާ ނޫހޫގެ ނޫސްވެރިއަކަށް ލިބުމުން، ބަންޑާރަ ނައިބު ރިއްފަތަށް ގުޅާލުމުން ވިދާޅުވީ، ދައުރުވަމުން ދަނީ ފޭކް މެސެޖެއްކަމަށެވެ. އަދި މިވަގުތުވެސް ޖޭއެސްސީގެ ބައްދަލުވުމެއް ކުރިޔަށް ދާކަމަށާއި، އެ ބައްދަލުވުމުގައި ބައިވެރިވަމުން ދާކަމަށްވެސް ބަންޑާރަ ނައިބު ވިދާޅުވިއެވެ.

19 ވަނަ ރައްޔިތުންގެ މަޖިލިސް ހިނގައިގަނެ، ޖޭއެސްސީއަށް ބޮޑެތި ބަދަލުތަކެއް އައިސް، ރާއްޖޭގެ ޝަރުއީ ދާއިރާ ހަރުދަނާކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ނަމަވެސް ބައެއް ފަރާތްތަކުން ދަނީ ޖޭއެސްސީން މަސައްކަތް ކުރަމުންދަނީ އުސޫލުން ބޭރުންކަމަށް ބުނެ ޝަކުވާ އުފުލަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *