މުޖުތަމައުގައި ދިރިއުޅޭ މީހުން ފިކުރީ ގޮތުން ހައްދު ފަހަނަ އަޅައިގެން ދަނީ ތައުލީމު ނުލިބޭތީ ނޫން ކަމަށް އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ.އައިޝަތު އަލީ އެމޭރެމުން ވާހަކަފުޅު ދެއްކެވީ "ފިކުރީ ގޮތުުން ހައްދުފަހަނަ އަޅާ ދިއުމުގައި ދީނީ އިލްމުވެރިންގެ ދައުރު"ގެ ނަމުގައި މިއަދު ނެޝަނަލް ކައުންޓަރ ޓެރެރިޒަމް އިން ފެށި ވޯކްޝޮޕެއް ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ، ރަނގަޅަށް ކިޔަވައިގެން، ވަޒީފާތަކުގައި އުޅޭ މީހުންވެސް މަގު އޮޅުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ. އެކަމަނާ އިތުރަށް ވިދާޅުވީ، ހަރުކަށި ހިޔާލުތަކާއި އެފަދަ ކަންތައްތަކުން ޒުވާނުން ސަލާމަތް ކުރުމުގައި ދީނީ އިލްމުވެރިންގެ ދައުުރު ވަރަށް މުހިންމު ކަމަށެވެ.

"ފިކުރީ ގޮތުުން ހައްދުފަހަނަ އަޅާ ދިއުމުގައި ދީނީ އިލްމުވެރިންގެ ދައުރު"ގެ ނަމުގައި މިއަދު ފެށި އެ ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި ވަނީ ޑިފެންސް މިނިސްޓަރ މާރިޔާ ދީދީގެ އިތުރުން، އެޓާރނީ ޖެނެރަލް އިބްރާހީމް ރިފްއަތު، ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެެނެރަލް އަބްދުއް ރަހީމް އަބްދުއް ލަތީފް، ކަމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އަދި އެންސޓީސީގެ ޑިރެކްޓާ ޖެނެރަލް ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ބައިވެރިވެވަޑައިގެންފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *