ރައްޔިތުން އެދޭ ހެޔޮ ބަދަލު ގެނައުމަށް މި ވޭތުވެދިޔަ 14 އަހަރު އެމްޑީޕީގެ ހުރިހާ މެންބަރުން ބޮޑު ގުރުބާނީއެއް ވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ 14 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އެ ޕާޓީގެ މެންބަރުންނަށް ތަހުނިޔާ ވިދާޅުވެ ރައީސް ކުރެއްވި ޓްވީޓުގައި ވިދާޅުވީ، އަދިވެސް ކުރަން ހުރި މަސައްކަތްތައް ގިނަ ކަމަށާއި، އެމްޑީޕީގެ މެންބަރުން ވި ޤުރުބާނީވެސް ބޮޑުކަމަށެވެ.

އެމްޑީޕީއަކީ ރާއްޖޭގައި އުފެދުނު ފުރަތަމަ ސިޔާސީ ޕާޓޯއެވެ. އެ ޕާޓީން ވަނީ، ރާއްޖޭގައި ބޭއްވުނު ޑިމޮކްރެޓިކް ތިން ރިޔާސީ އިންތިހާބުގެ ތެރެއިން ދެ އިންތިހާބު ކާމިޔާބުކޮށްފައެވެ.

އަދި މިހާރު އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީއެއް އޮތީވެސް އެމްޑީޕީގެ އަތުގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *