ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިއުލާންކުރި ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ގައުމީ ޔުނިވަރސިޓީން ދެ ޓަވަރު އިމާރާތް ކުރަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބިން ދޭން އެއްބަސްވުމަށް ފަހު އެގޮތަށް އަމަލުނުކުރި މައްސަލާގައި ބަދަލު ހޯދަން ޔުނިވާސިޓީން ދައުވާކޮށްފި އެވެ.

އެ މައްސަލައިގެ ބަދަލު ހޯދަން ސިވިލް ކޯޓަށް ހުށަހަޅާފައި ވަނީ މިދިޔަ އާދިއްތަ ދުވަހުގައެވެ. ޔުނިވަރސިޓީގެ ފަރާތުން ސިވިލް ކޯޓަަށް އެ މައްސަލަ ހުށަހެޅީ ގާނޫނާ ހިލާފަށް އެޗްޑީސީން އެ އެއްބަސްވުން މީގެ ދެ މަހެއްހާ ދުވަސް ކުރިން ބާތިލްކޮށްފައިވާތީ ބަދަލު ހޯދުމަށެވެ.

ފަނަރަ ބުރީގެ ދެ ޓަވަރު އެޅުމަށް ގައުމީ ޔުނިވަރސިޓީން ސިންގަޕޫރުގެ އާރުއައި އިންޖީނިއަރިންއާ ހަވާލުކޮށް ކުރެހުންތައްވެސް ވަނީ ނިންމާފަ އެވެ. އަަދި އެކަމަށް 21 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް ޔުނިވާސިޓީން ބުނެ އެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދު ވިދާޅުވީ އެ އެއްބަސްވުން ބާތިލްކުރަން ނިންމީ ސަރުކާރުން އެގޮތަށް ނިންމާފައިވާތީ ކަމަށެވެ.

ޤައުމީ ޔުނިވަރސިޓީން ޓަވަރު އަޅަން ނިންމާފައިވަނީ، ކޮންމެ އިމާރާތެއް 10،000 އަކަފޫޓުގެ ބިމެއްގަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *