ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި އިސްކޮށް ހުރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ، ރާއްޖެ ގެނައުމުގައި ގޮންޖެހުންތަކެއް އެބަހުރި ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ދިން އުުދުވާނީ ހަމަލާގެ ފަހަތުގައި އިސްކޮށް ހުރި ލުތުފީ، ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް އަމިއްލަ އިހްތިޔާރުގައި ހާޒިރުވެ، ދިވެހި ސަރުކާރުގެ ބެލުމުގެ ދަށަށް އެނބުރި އަންނަން އެދިފައިވާ ކަމަށްވެސް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

ފޮރިން މިނިސްޓްރީން މއަދު ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވުވެފައިވަނީ، ލުތުފީ އަމިއްލަ އިހްތިޔާރުގައި ރާއްޖެ އަނބުރާ އައުމަށް އެދުމުން އެކަން ވަގުތުން، ދައުލަތުގެ ކަމާއި ބެހޭ ވުޒާރާތަކާއި ހިއްސާ ކޮށްފައިވާނެ ކަމަށެވެ. އަދި، ލުޠުފީގެ މައްޗަށް އިންޓަރޕޯލްއިން ރެޑް ނޯޓިސް ނެރެފައިވުމުން، ބައިނަލްއަޤްވާމީ ގޮތުން ފުރިހަމަކުރަން ޖެހޭ އިޖުރާޢަތްތަކެއް އެބް ހުރި ކަމަށެވެ.

ސްރީލަންކާގައި ލުުތުފީ ދިރިއުޅެމުން ދިޔައީ ސައްޙަ ވިސާއަކާ ނުލައި، ފިލައިގެންކަމުން، އިންސާނީ ޙައްޤުތަކުގެ މައްޗަށް ބިނާކޮށް އެޤައުމުގެ ޙިމާޔަތް ހޯދުމަށް މަސައްކަތްކޮށްފައިވުމުން، ލަންކާގެ ޤާނޫނުތަކުގެ ދަށުން ފުރިހަމަކުރަން ޖެހޭ މަރުޙަލާތަކެއް ވެސް އެބަ ހުރި ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވެފަވެއެވެ.

ފުލުހުން ވަނީ ލުތުފީ ކުރިއަށް އޮތް 48 ގަޑިއިރު ތެރޭ ރާއްޖެ ގެނައުމުގެ މަަސައްކަތް ކުރަމުން ދާ ކަމަށް އިއްޔެ ވިދާޅުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *