ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ބޭސްފަރުވާ ކުރަން ދިން މުއްދަތަށް 10 ދުވަސް އިތުރުކޮށްދީފިއެވެ.
ގޭބަންދުގައި ޖަލު ހުކުމް ތަންފީޒުކުރައްވަމުން ގެންދެވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަންނެވީ، މިމަހުގެ 14 ވަނަ ދުވަހެވެ. އެބޭފުޅާ ބޭސްފަރުވާއަށް ވަޑައިގެންނެވީ، އިންޑިއާގެ ބެންގަލޫރަށެވެ.
ކަރެކްޝަން ސާރވިސް އިން ރޭ ނެރުނު ބަޔާނެއްގައި ބުނީ، އަދީބުގެ ބޭސްފަރުވާގެ މުއްދަތު ޖުލައި ހަވަނަ ދުވަހުގެ ނިޔަލަށް އިތުރު ކުރަން ނިންމީ އަދީބު ކެންސަރު ބައްޔަށް ސްކްރީނެއް ހަދަން ޑޮކްޓަރު ލަފާ ދެއްވާފައި ވާތީ ޑޮކްޓަރުގެ އިރްޝާދާއި އެއްގޮތަށް ބޭސް ފަރުވާ ކުރުމުގެ ކަންކަން ހަމަޖައްސައި ދިނުމުގެ ގޮތުން ކަމަށެވެ.
އަހުމަދު އަދީބާއިއެކު އިންޑިއާއަށް ދިވެހި ތިން ފުލުހުންނާއި ކަރެކްޝަނަލް ސާވިސްގެ ތިން އޮފިސަރުން ދިޔައެވެ. ސަރުކާރުން އަދި ހޯމް މިނިސްޓްރީން ވެސް ވަނީ އަދީބު ދަތުރުގެ ސަލާމަތީ ކަންކަން ވަރަށް ވަރުގަދަ ވާނެ ކަމަށް ބުނެފައެވެ.