ގދ. ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު މެޖިސްޓްރޭޓް ކަމުން ވަކިކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީން ނިންމި ނިންމުން ރަނގަޅު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން ނިންމައިފި އެވެ.

އިބްރާހިމް ރަޝީދުގެ މައްސަލައެއް ޖޭއެސްސީއަށް ހުށަހެޅީ 2013 ވަނަ އަހަރުގައެވެ. އަދި އެ މައްސަަލައިގައި އޭނާ ސަސްޕެންޑްވެސް ކުރިއެވެ. ނަމަވެސް އެ ފަހުން އެ މައްސަލަ މަޑުޖެހިފައި އޮތުމަށް ފަހު އޭނާގެ މައްސަލަ ބަލައި މަގާމުން ވަކިކުރަން ޖޭއެސްސީން މަޖިލީހަށް ފޮނުވީ މި ހަަފްތާގެ ތެރޭގައެވެ.

އިއްޔެ މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރުމަށް ފަހު ފާސްކޮށްފައިވަނީ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިގެން މައްސަލަ ދިރާދާ ކުރާށެވެ. އެގޮތުން ޖުޑިޝަރީ ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި ވަނީ އިބްރާހިމް ރަޝީދު ވަކިކުރަން ޖޭއެސްސީއިން ނިންމީ ގާނޫނު އަސާސީއާއި ގާނޫނުތަކާއި އެއްގޮތަށް ކަމަށް ނިންމައިފައެވެ.

އިބްރާހިމް ރަޝީދު މަޤާމުން ވަކިކުރަން ކޮމެޓީއިން ނިންމީ އެ ކޮމެޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާޤުންނެވެ.

އިބްރާހިމް ރަޝީދު ވަކިކުރުމުގެ މައްސަލަ މިއަދުގެ ޖަލްސާއަށް ވަނީ ތާވަލުކޮށްފަ އެވެ.

އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ އިބްރާހިމްގެ މައްސަލައިގައި ޖޭއެސްސީގެ ރިޕޯޓު އިއްވައިފަ އެވެ. އެ މައްސަލައިގައި ބުނެފައި ވަނީ އެ މައްސަލައަކީ ގާޒީ އިބްރާހިމް އާންމު ތަނެއްގައި އަންހެނަކާ ޒުވާބުކޮށް ހަޑި ހުތުރުބަހުން ވާހަކަ ދެއްކުމުން މުހައްމަދު ލަތީފު ނަމަކަށް ކިޔާ އާންމު މީހަކު ހުށަހެޅި މައްސަލައެއް ކަމަށެވެ.

އެގޮތުން، އިބްރާހިމް، އާންމު ތަނެއްގައި ތިނަދޫގެ އަންހެނަކާ ދިމާލަށް ހަޑި ހުތުރު ބަހުން ހަޅޭއްލަވައި އަޑުގަދަކޮށް އެ އަންހެން މީހާ އަކީ ނަހަލާލަށް ބަލިވެ އިނދެ ދަރިވައްޓާފައި ހުރި މީހެއް ކަމަށް ބުނެފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ.

އިބްރާހިމް ވަކިކުރަން ނިންމީ ސްލޫކީ މައްސަލައެއްގެ ސަބަބުންނެވެ.

ދެހާސް ތޭރަ ވަނަ އަހަރުގެ ތެރޭގައި މަސްތުވާތަކެއްޗާ އެކު އިބްރާހިމް ހައްޔަރުވެސް ކުރި އެވެ. ނަމަވެސް  އެއިރު ހައިކޯޓުގެ އަމުރެއްގެ ދަށުން އޭނާ ވަނީ ދޫކޮށްލާފައެވެ

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *