ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ މަސްތުވާތެކެތި މިއަދު ނައްތާލުމަށް ނިންމައިފިއެވެ.

ފުލުހުން ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ، މިއަދު ނައްތާލަން ހަމަޖެހިފައިވަނީ، 2014 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން 2019 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އެކި މައްސަލަތަކުގައި ފުލުހުން ހޯދި މަސްތުވާތަކެތި މިއަދު ނައްތާލުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ފުލުހުން ވަނީ މިއަދު މަސްތުވާތަކެތި ނައްތާލާތަން ބަލާލަން ދިއުމުގެ ފުރުސަތު އާއްމުންނަށްވެސް ހުޅުވާލާފައެވެ.

މީގެ ކުރިންވެސް ފުލުހުން ވަނީ އެކި ފަހަރު މަތިން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަދި ބަނގުރާ ފަދަ އެއްޗެހި ރައްކާތެރިކަމާއިއެކު ނައްތާލާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *