އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް ހަސަން ލުތުފީ އެ ކޮމިޝަންގެ މެންބަރު ކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވަން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ނިންމައިފި އެވެ.

މިދިޔަ ބުދަ ދުވަހު މިނިވަން މުއައްސަސާތަކުުގެ ކޮމިޓީއަށް އޭސީސީގެ މެންބަރުން ވަނީ ހާޒިރުކޮށްފަ އެވެ. ނަމަވެސް އެ ދުވަހުގެ ކޮމިޓީއަށް އޭސީސީގެ ރައީސް ލުތުފީ ހާޒިރުވެވަޑައެއް ނުގަންނަވަ އެވެ. 

ކޮމިޓީގައި ތިއްބަވާ މަޖިލިސް މެންބަރުން ލުތުފީއާ މެދު ސުވާލު ކުރެއްވުމުން އޭސީސީގެ މެންބަރުން ވިދާޅުވި ގޮތުގައި ލުތުފީ ވަޒީފާއަށް ނުކުމެވަޑައިނުގަންނަވާތާ ދެ މަހަށްވުރެ ގިނަ ދުވަސްވެއްޖެ އެވެ. ނަމަވެސް އޭނާ މުސާރަ ނަންގަވަ އެވެ. 

އެހެންކަމުން ވަޒީފާއަށް ނުކުމެވަޑައިނުގަންނަވާ މައްސަލައަށް ރިއާޔަތްކޮށް ލުތުފީ ވަކިކުރަން ކޮމިޓީއަށް އެ ދުވަހު ހުށަހެޅުއްވި އެވެ.

ލުތުފީގެ މައްސަލައިގައި މިއަދު ބޭއްވި ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ނިންމެވީ އޭނާ މަގާމުން ވަކި ކުރުމަށެވެ.

ގައި ލުތުފީ އެންމެ ފަހުން ވަޒީފާއަށް ނުކުމެވަޑައިގަތީ ފެބްރުއަރީ 6، 2019 ގަ އެވެ

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *