އަށް ރަށެއްގައި މަގު ހެދުމަށް ސާރވޭ، ޕްރިލިމިނަރީ ޑިޒައިން، ޑީޓެއިލްޑް ޑިޒައިން، ޓެންޑަރ ޑޮކިއުމަންޓްސް، ޓެކްނިކަލް ސްޕެސިފިކޭޝަން، ބިލް އޮފް ކުއަންޓިޓީސް (ބީ.އޯ.ކިއު) އަދި އީ.އައި.އޭ ހެދުމަށް ކޮންސަލްޓަންޓަކު ހޯދަން ފިނޭންސް މިނިސްޓްރީ އިން އިއުލާން ކޮށްފިއެވެ.
ދިރާސާ ކުރުމަށް ނިންމާފައިވަނީ ލ.ގަން، ތ.ތިމަރަފުށި، ތ.ގުރައިދޫ، ގދ.ގައްދު، ހއ.ކެލާ، ރ.ހުޅުދުއްފާރު، ރ.އަލިފުށި، އަދި މ.މުލަކުގެ މަގު ހެދުމެވެ.
ފިނޭންސް މިނިސްޓްރީގެ އިއުލާނުގައިވާ ގޮތުން ދިރާސާ ކުރުމުގެ މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށްދޭ ލިޔެކިޔުން (ކޮމްޕެނީ ޕްރޮފައިލް، ކުންފުނީގެ އޮނިގަނޑު، ބްރޯޝަރ، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ ފަދަ މަޢުލޫމާތު) އެމިނިސްޓްރީއަށް ހުށަހަޅަން ވާނެއެވެ.
އިއުލާނުގައިވާ ގޮތުން އެ މަސައްކަތައް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު ދެވޭނެއެވެ.
މި މަސައްކަތަށް ޝަޢުޤުވެރިވާ އަދި ޝަތުރު ހަމަވާ ފަރާތްތަކުން 15 ޖުލައި 2019 ވާ ހޯމަ ދުވަހުގެ 1400 ނިޔަލަށް "އެކްސްޕްރެޝަން އޮފް އިންޓަރަސްޓް" ފިނޭންސް މިނިސްޓްރީ ހުށަހަޅަން ޖެހޭ ކަމަށް އިއުލާނުގައިވެއެވެ.