ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ދަށަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ބަދަލުކުރަން، ޖޭއެސްސީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މި ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ފޮނަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މޫސާ ސިރާޖުއެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފުރަތަމަ އެ އިސްލާހުގެ ފުރަތަމަ ކިޔުން އިއްވާފައިވާއިރު، މި އިސްލާހުގައި ވަނީ، ޖޭއެސްސީގެ ގާނޫނުގެ 21 ވަނަ މާއްދާގެ ފަހަތަށް "ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން އުފެއްދުން" ގެ ނަމުގައި މާއްދާއެއް އިތުރުކޮށް ޖޭއެސްސީގެ ދަށުން ހިނގާ ތަނެއްގޮތަށް ޑީޖޭއޭގެ ނަމުގައި އިދާރާއެއް އުފެއްދުމަށެވެ.
އެ އިސްލާހުގައިވާ ގޮތުން ޖޭއެސްސީގެ އެންމެ އިސް ފަރާތެއްގެ ގޮތުގައި ހުންނަވާނީ ޗީފް އޮފް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންއެެވެ.
އެ އިސްލާހު ފާސްވެ ރައީސް ތަސްދީގު ކުރައްވާ ހިސާބުން ސްޕްރީމް ކޯޓުގެ ދަށުން ހިނގަމުންދަ މިހާރު