މާފުށީ ޖަލުގެ މައި ގޭޓް ކުރިމަތީ މުޒާހަރާ ކުރި މައްސަލައާއި، ޤައިދީއަކު ޖަލު އޮފިސަރަކަށް ހަމާލާދިން މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ، 2019 ޖޫން 20 ވަނަ ދުވަހުގެ ހަވީރު 17:38 ހާއިރު މާފުށީ ޖަލުގައި މާރާމާރީއެއް ހިންގައި، ޖަލު އޮފިސަރަކަށް ހަމަލާދިން މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

އަދި 2019 ޖޫން 23 ވަނަ ދުވަހުގެ 04:45 ހާއިރު މާފުށީ ޖަލު މައި ގޭޓް ކުރިމަތީގައި ހަޅޭއްލަވައި ހަލުތާލުކުރި މައްސަލައެއްވެސް ފުލުހުންނަށް ހުށަހެޅިފައިވާކަމަށާއި އެ މައްސަވެސް ތަހުޤީޤު ކުރަމުން އަންނަ ކަމަށެވެ.

މިމަހުގެ 20 ވަނަ ދުވަހު މާފުށީ ޖަލުގައި އޮފިސަރަކަށް ހަމަލާދީފައިވަނީ 16 އިންޗީގެ ދަގަނޑުބުރިއަކުންނެވެ. އެ ހަމަލާގައި ޖަލު އޮފިސަރުގެ ކަންފަތްމަތިން ފަޅައިގެން ގޮސްފައިވާއިރު، އޮފިސަރު ވަނީ އަނބުރައިގަނެގެން ގޮޅި ބޭރަށް ވެއްޓިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *