ކ.މާފުށިން ޖަލު އޮފިސަރަކަށް ހަމަލާދިން މައްސަލަ ބަލަމުންދާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، މާފުށީ މަގުމަތިން ދިޔަ ޖަލު އޮފިސަރަކަށް ހަމަލާދިނުމުގެ މައްސަލައެއް މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ހުށަހެޅިފައިވާ ކަމަށާއި، އެ މައްސަލަ ތަޙްޤީޤު ކުރަމުން އަންނަ ކަމަށެވެ.
މީގެ އިތުރުން ފުލުހުން ވިދާޅުވީ، ހަމަނުޖެހުންތަކާއި އެކު މާފުށީގެ ރަށުތެރެ ބެލެހެއްޓުން ފުލުހުން އިތުރަށް ވަރުގަދަކޮށްފައިވާ ކަމަށެވެ.