މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ، އެމް.ޑަބްލިޔު.އެސް.ސީ އިން އިމާދުއްދީން ސްކޫލަށް ހަތަރު ޓީވީ ހަދިޔާކޮށްފިއެވެ.
އެމް.ޑަބްލިޔު.އެސް.ސީ އިން އެ ޓީވީތައް ސްކޫލާއި ހަވާލުކުރީ އިއްޔެ އިމާދުއްދީންގައި ބޭއްވި ކުޑަ ހަފްލާއެއްގައެވެ.
އެމް.ޑަބްލިޔު.އެސް.ސީން ބުނީ އިމާދުއްދީން ސްކޫލު ޑިޖިޓަލައިސް ކުރުމަށް ވެދެވުން އެހީތެރިކަމަށް އުފާކުރާ ކަމަށާއި، އުންމީދަކީ، އެ ޓީވީ ތަކުގެ އެހީގައި ސްކޫލުގެ ކުދިންގެ ތައުލީމު އިތުރަށް ކުރިއަރައިގެން ދިޔުން ކަމަށެވެ.
އިމާދުއްދީން ސްކޫލުން ބުނީ، އެ ސްކޫލުގެ ޕީޓީއޭގެ އެއްބާރުލުމާއި އެކު އެމް.ޑަބްލިޔު.އެސް.ސީ އިން ސްކޫލު ޑިޖިޓަލައިން ކުރުމަށް ހަތަރު ޓީވީ ހަދިޔާކޮށްދިނީތީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އާދަމް އާޒިމް އަށް ސްކޫލުގެ ކުދިންނާއި، ބެލެނިވެރިންނާއި، ޓީޗަރުންގެ އިތުރުން އިސް ވެރިންގެ ނަމުގައި ޝުކުރު އަދާކުރާ ކަމަށެވެ.