ރިޔާސީ ކޮމިޝަންތަކަށް ގާނޫނީ ބާރު ދިނުމުގެ ބިލަކީ ހުދުމުހުތާރު ވެރިކަމަށް މަގުފަަހިވާ ގޮތަށް އޮތް އެއްޗެއް ކަމަށް ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީޕީއެމްގެ ކުރީގެ ސެކެރެޓަރީ ޖެނެރަލް ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

ރިޔާސީ ކޮމިޝަންތަކަށް ގާނޫނީ ބާރު ދިނުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިދިޔަ ހަފްތާގައި ފާސް ކުރުމާއެކު ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އިއްޔެ އެ ބިލް ވަނީ ތަސްދީގު ކުރައްވާ ޤާނޫނަކަށް ހައްދަވާފައެވެ.

ޑރ. ހަލީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރިޔާސީ ކޮމިޝަންތަކުގެ ޤާނޫނަކީ ޖިނާއީ ތަހުގީގު ކުރާ ފަރާތްތަކުގެ ބާރުތަކާއި ތަންފީޒީ އިދާރާތަކުގެ ބާރުތަށް ނަގައި މަސްއުނި ކޮށްފައިވާ އެއްޗެއްކަމަށެވެ.

ރިޔާސީ ކޮމިޝަންތަކަށް ބާރުދޭ ގާނޫނަކީ ދައުލަތުގެ ފައިސާއާއި މުދަލަށް ޚިޔާނާތްތެރިވުމުގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ކޮމިޝަނާއި، ގޮތް ނޭނގޭ މަރުތަކުގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ކޮމިޝަނަށް ގާނޫނުން ބާރުތަކެއް ދިނުމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ވެރިކަމުގެ ކުރީކޮޅު މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލެކެވެ.

އެ ބިލް މަޖިލީހުން ފާސްވެގެން ދިޔައީ 67 މެމްބަރުންގެ ވޯޓުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *