ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާގެ އަޑީގައި ހުރި ހާޖަރާގޭ އަބްދުﷲ ލުތުފީ ފިލައިގެން އުޅުމަށް ފަހު، ސްރީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީ އަށް އަމިއްލަ އަށް ހާޒިރުވުމުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް، ފުލުހުން މިރޭ ބުނެފި އެވެ.

ފުލުހުން ނެރުނު ބަޔާނުގައި ބުނީ ލުތުފީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ސްރީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީ އަށް މިދިޔަ މެއި މަހުގެ 1 ވަނަ ދުވަހު އޭނާ ހާޒިރުވުމުން ކަމަށެވެ.

ފުލުހުން ބުނީ ލުތުފީ ރާއްޖެ ގެނައުމަށް ކުރަންޖެހޭ އިދާރީ ކަންތައްތައް ލަންކާގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.

ލުތުފީ ސްރީ ލަންކާގައި އުޅެނީ ޖެނުއަރީ 16، 2010 ގައި ބޭސްފަރުވާ އަށް އިންޑިއާ އަށް ފޮނުވުމުން ފިލައިގެން ގޮހެވެ. 

ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ ޕްލޯޓްގެ ހަނގުރާމަވެރިންނާ އެކު ނޮވެމްބަރު 3، 1988 ގައި ލުތުފީ އިސްކޮށް ހުރެ މާލެ އަރައި ދިން ހަމަލާތަކުގައި 19 ދިވެއްސަކު ޝަހީދުވި އެވެ. މި އުދުވާނީ ހަމަލާއާ ގުޅިގެން ލުތުފީ މަރަން ހުކުމްކުރި އެވެ. ނަމަވެސް އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަދަބު ލުއިކޮށްދެއްވައި އުމުރު ދުވަހުގެ ޖަލުހުކުމަކަށް ބަދަލުކޮށްފައި ވަނިކޮށް ލުތުފީ ފިލީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ބޭސްފަރުވާ އަށް ރާއްޖޭން ބޭރަށް ފޮނުވުމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *