އަންހެން އަދި ފިރިހެން ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހައްޔަރުކުރި ލީޑިން ޓީޗަރުގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.

މިމައްސަލައިގައި ހައްޔަރު ކޮށްފައި މެދުރާއްޖެތެރޭގެ ރަށެއްގެ ސްކޫލުހައި މަސައްކަތް ކުރަމުން އަންނަ 46 އަހަރުގެ ދިވެހި ފިރިހެން ލީޑިންގ ޓީޗަރެކެވެ.

ފުލުހުން ވިދާޅުވީ، ލީޑިންގ ޓީޗަރުގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ގެންދިއުމުން، 10 ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފައިވާކަމަށެވެ.

އޭނާ ހައްޔަރު ކޮށްފައި ވަނީ ދަރިވަރުންނަށް ޖިންސީ ގޯނާ ކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ޖެންޑާ މިނިސްޓްރީއަށް ރިޕޯޓް ކުރުމާއި ގުޅިގެން، މިނިސްޓްރީން ފުލުހުންގެ ސަމާލުކަމަށް ގެނައުމުން ކޯޓު އަމުރެއްގެ ދަށުން ފުލުހުންނެވެ.

ފުލުހުން ވިދާޅުވީ މި މައުލޫމާތު މިމަހުގެ 22 ވަނަ ދުވަހު ފުލުހުންނަށް ލިބުމާއި ގުޅިގެން އިއްޔެ އެޑިއުކޭޝަން މިނިސްޓްރީ އާއި އެ މައްސަލަ ހިއްސާކުރެވިފައި ވާނެ ކަމަށެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *