ތޫނު ހަތިޔާރާއި އެކު ސ. މަރަދޫން ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ހައްޔަރުކޮށްފައިވަނީ 18 އަހަރުގެ މީހަކާއި 23 އަހަރުގެ މީހެކެވެ.
ފުލުހުން ބުނީ މި ދެމީހުން ހައްޔަރުކޮށްފައިވަނީ ސ. މަރަދޫގައި ތޫނު ހަތިޔާރު ގެންގުޅޭކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މިއަދު ހެނދުނު 11:30 ހާއިރު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި، ކޯޓު އަމުރެއްގެ ދަށުން މަރަދޫ ގެއެއް ބަލާ ފާސްކުރިއިރު ތޫނު ހަތިޔާރު ފެނުމާއި ގުޅިގެންނެވެ.