ދިވެހި ބޭސްވެރިކަމަށް ބޮޑު އިންގިލާބެއް ގެނެސްދިން ބޭސްވެރިޔާ ޔޫސުފް ހުސެއިން (ދޮން ޔޫސުން) މިއަދު ނިޔާވެއްޖެއެވެ.
ބ. ކެންދޫ އަށް ނިސްބަތްވެ ވަޑައިގަންނަވާ ޔޫސުފް ހުސައިން،85 ކުއްލި ގޮތަކަށް އަވަހާރަވީ މިއަދު ހެނދުނު އެވެ.
ޔޫސުން ހުސެއިން އަވަހާރަވިއިރު އަންބަކާއި ހަތް ކުދިން ދުނިޔޭގައި އެބަތިއްބެވި އެވެ.
ޔޫސުފް ހުސައިން އަކީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުލްބާރީ ޔޫސުފްގެ ބައްޕާފުޅެވެ.
ބޭސްވެރިކަމުގެ ދާއިރާއިން ޔޫސުފް ވަނީ އާންމު ޚިދުމަތުގެ އިނާމާއި ޝަރަފުވެރިކަމުގެ އިނާމު ލިބިވަޑައިގެންފަ އެވެ. އޭނާ އަށް ޝަރަފުވެރިކަމުގެ އިނާމު ލިބިވަޑައިގަތީ 2007 ގަ އެވެ. ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވީ 1991 ވަނަ އަހަރު އެވެ.