ސްކޫލު ކުދިންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ލީޑިންގ ޓީޗަރަކު ހައްޔަރުކޮށްފިއެވެ.
ޖެންޑާ މިނިސްޓްރީން މިއަދު ބުނީ ރާއްޖޭގެ މެދު އަތޮޅުތަކުގެ ރަށެއްގައި ދެ ޖިންސުގެ ކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަ ފެންމަތިވެ އެ މިނިސްޓްރީގެ ސަމާލު ކަމަށް އެކަން ގެނައުމާއެކު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ
ފުލުހުން ބުނީ މެދުރާއްޖެ ތެރޭގެ ތަށެއްގެ ސްކޫލެއްގެ ފިރިހެން ލީޑިންގ ޓީޗަރަކު، އެ ސްކޫލުގެ އަންހެން އަދި ފިރިހެން ދަރިވަރުންނަށް އެކި ދުވަސް މަތިން ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ވެގެން މިދިޔަ ހޮނިހިރު ދުވަހު ރިޕޯޓް ކުރި ކަމަށެވެ.
އަދި އެ ޓީޗަރު މިއަދު ހައްޔަރުކޮށްފައިވާ ކަމަށާއި އެ މީހާއަކީ 46 އަހަރު މީހެކެވެ.
މީގެ އިތުރުން ފުލުހުން ބުނީ، މި މިއްސަލަ އިިއްޔެ އެޑިއުކޭޝަން މިނިސްޓްރީއާ ވެސް ހިއްސާ ކޮށްފައިވާނެ ކަމަށެވެ.