މޫނު ބުރުގާ އަޅައިގެން ތިބެ، ހޮނިހިރު ދުވަހުގެ ރޭ މަޖީދީ މަހު، ގަލޮޅުގައި ހުންނަ ރެޑްވޭވް ފިހާރައިން ވައްކަން ކުރި ދެ އަންހެނުން ދޫކޮށްލައިފިއެވެ.
ފުލުހުން ބުނެފައިވާގޮތުގައި މި ދެ އަންހެނުން ދޫކޮށްލާފައިވަނީ އެ ދެމީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އެ ކޯޓުންނެވެ.
ފުލުހުން އިއްޔެ ވިދާޅުވީ، މޫނުބުރުގާ އަޅައިގެން އެ އަންހެނުން ވަގަށް ނަގާފައިވަނީ ކޮސްމެޓިކްސް ކަމަށާއި އެތަކެތި މިހާރު ވެރިފަރާތާއި ހަވާލުކޮށްފައިވާ ކަމަށެވެ.
މޫނުބުރުގާ އެޅި ދެ އަންހެނުން ރޭ ވައްކަންކޮށްފައިވާއިރު، މިދިޔަ ހަފްތާގެ ތެރޭގައި ދެމަފިރިއަކު ވެސް ވަނީ މީހަކު ހަނދާންނެތިގެން ބާއްވާފައި ދިޔަ ވޮލެޓަކުން ވިޔަފާރިކޮށް، އެ ވޮލެޓު ވަގަށް ނަގާފައެވެ.