ސްރީލަންކާގައި ވިސާ ނެތި ދިރިއުޅެމުން އަންނަ 291 ދިވެހިން ޑީޕޯޓް ކޮށްލަން ތައްޔަރުވަމުން އަންނަ ކަމުގައި އެގައުމުގެ އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.
ލަންކާގެ "ސަންޑޭ ޓައިމްސް" އަށް ލަންކާގެ އިމިގްރޭޝަން ކޮންޓްރޯލާ ޕަސަން ރަތުނަޔަކަ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ވިސާ ނެތި ލަންކާގައި ދިރިއުޅެމުން އަންނަ 8000 އެއްހާ ބިދޭސީން ޑީޕޯޓްކޮށްލުމުގެ މައްސަލަ ވަޒީރުންގެ މަޖިލީހަށް ފޮނުވުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށާއި ގަވައިދާއި ހިލާފަށް އެންމެ ގިނައިން އެ ގައުމުގައި ދިރިއުޅެމުން އަންނަނީ އިންޑިއާ އަދި ޕާކިސްތާނުގެ ރައްޔިތުން ކަމަށެވެ.
އަދި ލަންކާގައި ވިސާ ނެތި 291 ދިވެހިން ދިރިއުޅެމުން އަންނަކަން ފާހަގަ ކުރެވިފައިވާ ކަމަށްވެސް ޕަސަން ވިދާޅުވެފައިވެއެވެ.
ނަމަވެސް މިކަމާއި ގުޅިގެން ރާއްޖޭގެ ފްރިންގ މިނިސްޓްރީން އަދި ވަކިއެއްޗެއް ނުބުނެއެވެ.