ސަސްޕެންޑުކޮށްފައިވާ ގދ. ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފިއެވެ.

ޖޭއެސްސީން ބަލަމުން ދިޔަ މައްސަލައަކާއި ގުޅިގެން، އިބްރާހިމް ރަޝިދު މަގާމުން ވަކިކުރަން ނިންމީ 12 ޖޫން 2019ވަނަ ދުވަހުއެވެ. އޭނާ މަގާމުން ވަކިކުރަން ނިންމި ސަބަބެއް ޖޭއެސްސީން އަދި ހާމައެއް ނުކުރައްވައެވެ. 

މަސްތުވާތަކެތީގެ މައްސަލައެއްގައި މީގެ ކުރިން އިބްރާހިމް ރަޝިދުވަނީ ހައްޔަރުކޮށްފައެވެ. އެ މައްސަލައިގައި އޭނާ ހައްޔަރުކޮށްފައިވަނީ 2016ވަނަ އަހަރުގެ މާރިޗު މަހުގެ 28ވަނަ ދުވަހުގެރޭގެ ވަގުތެއްގައި ގދ.ތިނަދޫއިންނެވެ. ނަމަވެސް ފަހުން ހައިކޯޓުގެ އަމުރެއްގެ ދަށުން އޭނާ ވަނީ ދޫކޮށްލާފައެވެ.

މިހާރު އުމުރުން 41 އަހަރުގެ އިބްރާހިމް ރަޝީދު ސަސްޕެންޑުކޮށްފައި ވަނީ 2016 ވަނަ އަހަރުގެ މެއި މަހުގެ 30 ވަނަ ދުވަހުއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *