ޅ. ނައިފަރުގައި 16 އަހަރުގެ އަންހެންކުއްޖެއް ވިހާފައިވާ މައްސަލައާއި ގުޅިގެން ޖެންޑާ މިނިސްޓްރީން ފިޔަވަޅު އަޅައިފިއެވެ.
ޖެންޑާ މިނިސްޓްރީން މީޑިއާތަކަށް މައުލޫމާދު ދެއްވަމުން ވިދާޅުވެފައިވާ ގޮތުގައި އުތުރުގެ ރަށަކަށް ނިސްބަތްވާ 18 އަހަރުން ދަށުގެ ކުއްޖެއް ބަލިވެއިން މައްސަލަ އެ އެރަށު ހޮސްޕިޓަލުން މިނިސްޓްރީގެ ފެމިލީ އެންޑް ޗިލްޑްރަން ފޮރޮޓެކްޝަން ސާރވިސް ސެންޓަރުގެ ސަމާލުކަމަށް ގެނައުމާއި ގުޅިގެން އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާކަމަށެވެ.
އެ މައްސަލައިގައި ހިނެނޭ މަންމަ އާއި ދަރިފުޅަށް ބޭނުންވާ އިޖުތިމާއީ އަދި ނަފްސާނީ އެހީތެރިކަން އާއިލާއާއި ގުޅިގެން ފޯރުކޮށްދެމުން އަންނަކަމަށްވެސް ޖެންޑަރ މިނިސްޓްރީން ބުނެފައިވެއެވެ.
ސޯޅަ އަހަރުގެ އަންހެން ކުއްޖާ ވިހެއި ދަރިފުޅުގެ ބައްޕައަކީ 15 އަހަރުގެ ކުއްްޖެކެވެ. އަދި އެ ކުއްޖާއަކީ ނައިފަރު ސްކޫލުގެ ގްރޭޑް 10އެއްގައި ތައުލީމް ހާސިލް ކުރަމުން އަންނަ ކުއްޖެއް ކަަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.