މިދިޔަ އަންގާރަ ދުވަހު ހެނދުނުން ފެށިގެން ވީނުވީއެއް ނޭނގި ގެއްލިގެން ހޯދަމުން އަންނަ ޝައިމް އަބްދުﷲ އަކީ ކުޑަކުދިންގެ ހިޔާގައި ދަފްތަރުވެފައިވާ ކުއްޖެއް ނޫން ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފިއެވެ.

ޖެންޑަރ މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ޝައިމް އަކީ ކުށުގެ ވެށިން ގެނެވިފައިވާ ކުއްޖަކަށް ވުމުން އޭނާ ބެހެއްޓީ ކުޑަކުދިންގެ ހިޔާ އިމާރާތުގައި ހުންނަ "އަމާން ހިޔާ" ގައި އެސެސްމެންޓު ތަކެއް ހަދަން ކަމަށެވެ. އެ ކަމާއި ގުޅޭ އިތުރު މައުލޫމާތެއް ޖެންޑަރ މިނިސްޓްރީން ނުދެއެވެ.

ޝައިމް އަކީ ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުއްޖެއް ނޫން ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފައިވާއިރު، ޝައިމް  ހޯދަން އަމުރުކޮށް ޖުވެނައިލް ކޯޓުން ނެރުނުން އަމުރެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އެބަދެއެވެ. އޭގައި ބުނާ ގޮތުން ޝައިމަކީ ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގެ ބެލުމުގައި ހުރި ކުއްޖެކެވެ. އަދި އެ އަމުރުގައިވާ ގޮތުން ޝައިމަކީ މިދިޔަ އަންގާރަ ދުވަހު ހެނދުނު 9:30 އެހާކަންހާއިރު ހިޔާއިން ފިލައިގެން ގޮސްފައިވާ ކުއްޖެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *