ޅ. ނައިފަރުގައި 16 އަހަރުގެ އަންހެން ކުއްޖަކު ވިހައިގެން އުޅޭ ކަމުގެ މައުލޫމާތު ތިލަވެއްޖެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި ވިހޭ އަންހެން ކުއްޖާގެ އުމުރަކީ 16 އަހަރެވެ. އަދި ވިހޭ ދަރިފުޅުގެ ބައްޕަގެ އުމުރަކީ 15 އަހަރެވެ.
ސޯޅަ އަހަރުގެ އަންހެން ކުއްޖާ ވިހާފައިވަނީ މީގެ ހަތް ދުވަސް ކުރިން އެރަށުގެެ ހޮސްޕިޓަލަށް ކަމަށެވެ.
އެރަށު ކައުންސިލުން ވިދާޅުވީ، އެ މައްސަލަ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ކައުންސިލުން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލަގައި ފުލުހުންގެ ބަހެއް އަދި ލިބިފައެއް ނުވެެއެވެ.