މިހާރު ބްރެޒިލްގައި ކުރިއަށްދާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި އެ ޓީމުގެ ކެޕްޓަން ޑެނީ އަލްވޭސް ކުޅެމުން އަންނަ ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީގައި މަޑުނުކުރާނެކަމަށް ބުނެފިއެވެ.

އޭނާ ޕީއެސްޖީގައި މަޑުނުކުރާނެކަން އިއުލާންކުރީ ޕެރޫ އަތުން ބްރެޒިލް މޮޅުވި މެޗަށްފަހު މާގިނައިރެއްނުވަނީހެވެ. ނަމަވެސް، ޕީއެސްޖީ ދޫކޮށްލުމަށްފަހު ދެން އޭނާ ކުޅޭނެ ކްލަބެއް ހާމަކޮށްފައެއްނުވެއެވެ.

އުމުރުން 36 އަހަރުގެ އަލްވޭސް، ޕީއެސްޖީއާ ގުޅުނީ ޔުވެންޓަސް އިން 2017 ވަނަ އަހަރުގައެވެ. އޭގެކުރީން، އޭނާ ވަނީ ސްޕެއިނުގެ ބާސެލޯނާ އާއި ސެވިއްޔާ އަށް ވެސް ކުޅެފައެވެ. އަލްވޭސްގެ ކެރިއަރުގެ އެންމެ ކާމިޔާބު ދުވަސްތައް ހޭދަކުރީ ބާސެލޯނާގައެވެ. އެގޮތުން، އެ ޓީމާއެކު އޭނާ ވަނީ ތިން ފަހަރު ޔުއެފާ ޗެމްޕިއަންސް ލީގު އަދި ހަ ފަހަރު ލަލީގާ އުފުލާލައިފައެވެ.

"ޕީއެސްޖީއަށް ކުޅުމަށް އަހަރެންނަށް ފުރުޞަތުދިނީތީވެ ހުރިހާ އެންމެންނަށް ވަރަށް ޝުކުރުވެރިވަން." އަލްވޭސްގެ އިންސްޓަގްރާމްގައިވެއެވެ.

އަލްވޭސް ވަނީ ޕީއެސްޖީގައި ހޭދަކުރީ ދެ ސީޒަނުގައި ލީގު ތަށި ދެފަހަރު އަދި ފްރެންޗް ކަޕް އެއްފަހަރު ހޯދައިފައެވެ.

ބްރެޒިލްގެ ގައުމީ ޓީމުގެ ކެޕްޓަންކަން ކުރީން ކުރަމުން އައީ އަލްވޭސްއާއެކު ޕީއެސްޖީއަށް ކުޅެމުން އަންނަ ނޭމާ އެވެ. ނަމަވެސް، މި ފަހަރުގެ ކޮޕާ އެމެރިކާ އަށް ނިކުތުމުގެ ކުރީން ބްރެޒިލްގެ ކޯޗު ޓީޓޭ ވަނީ ނޭމާ އަތުން ކެޕްޓަން ބޭންޑް އަތުލުމަށްފަހު އަލްވޭސްއާ ހަވާލުކޮށްފައެވެ. ބްރެޒިލުން ވަނީ ޕެރޫ އަތުން 5-0 އިން މޮޅުވެ މި ފަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *