ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ ފެންވަރު ބެލުމުގެ މައްސަލަ މާދަމާގެ ޖުޑީޝިއަލް ސާވިސަސް ކޮމިޝަން، ޖޭއެސްސީގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.

އެ މައްސަލައަކީ ރައްޔިތުންގެ މަޖިލީހުގެ ލަފަޔަކަށް ޖޭއެސްސީއިން އެޖެންޑާކުރި މައްސަލަ އެކެވެ. 

ގާނޫނު އަސާސީގެ 285 މާއްދާގެ ށ ގައި ބުނެފައިވާ ގޮތުގައި ގާނޫނޫ އަސާސީއަށް އަމަލު ކުރަން ފަށާތާ، ގިނަވެގެން ދެ އަހަރު ދުވަހުގެ ތެރޭގައި ފަނޑިޔާރުންގެ ޝަރުތުތައް ފުރިހަމަވޭތޯ ޖުޑީޝިއަލް ސާވިސް ކޮމިޝަނުން ބަލަން ޖެހެ އެވެ.

އަދި ގާނޫނު އަސާސީގެ 149 ވަނަ މާއްދާގައިވާ ގޮތުގައި ފަނޑިޔާރެއްގެ ވާޖިބާއި މަސްއޫލިއްޔަތުތައް އުފުލޭ ފަދަ ގާބިލް މީހަކަށް ވުމާ އެކު، އަހުލާގު ރަނގަޅު ބަޔަކަށް ވާންވާނެ އެވެ. 

ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ފެންވަރު ބެލުމަށް ނިންމާފައިވާއިރު ރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުންގެ ފެންވަރު ނުބަލާތާ ވަނީ 10 އަހަރުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *