މާލޭގެ އާންމު ފާހާނައިގެ ތެރޭގައި ނިޔާވެފައި އޮއްވާ ފެނިފައިވަނީ ފުވައްމުލައް ސިޓީއަށް ނިސްބަތްވާ މީހެއް ކަމަށް "ޖަޒީރާ ނިއުސް"އަށް ކަށަވަރުވެއްޖެއެވެ.
އެގޮތުން ނިޔާވެފައި އޮއްވާ ފެނިފައިވަނީ ފުވައްމުލަކު ވިލާދޮށުގެ އުމުރުން 54 އަހަރުގެ މުހައްމަދު ޞާލިހެވެ.
ފުލުހުން ވިދާޅުވީ، ހެންވޭރު ކުރަނގި ގޯޅީގައި ހުންނަ އާންމު ފާހާނައިގެ ތެރޭގައި ނިޔާވެފައި އޮތް މީހެއް ފެނިގެން އެކަމުގެ ރިޕޯޓް މިއަދު 10:35 ހާއިރު ލިބިފައިވާ ކަމަށެވެ.
އަދި އެމީހާ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ ނިޔާވެފައެވެ. ފުލުހުން ބުނީ އެމީހާގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށެވެ.