މާލޭގެ އާންމު ފާހާނައެއްގެ ތެރެއިން މަރުވެފައި އޮތް ފިރިހެނަކު ފެނިއްޖެއެވެ.
ފުލުހުން ވިދާޅުވީ، އެ ހާދިސާގެ ރިޕޯޓް މިއަދު 10:35 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި އެހާ މަރުވެފައި އޮއްވާ ފެނުނީ ހެންވޭރު ކުރަނގި ގޯޅީގައި ހުންނަ އާންމު ފާހާނައިގެ ތެރެއިން ކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، މަރުވެފައިވަނީ އުމުރުން 54 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާ މިހާރު އޭޑީކޭ ހޮސްޕިޓަލަަށް ގެންގޮސްފައިވާ ކަމަށެވެ.