ޗައިނާގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލަފާދޭ ކޮމިޓީގެ އިންޓަނޭޝަނަލް އެޑްވައިޒަރީ މެމްބަރަކަށް، ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސަޢީދު އިންތިޚާބުވެވަޑައިގެންފިއެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރައްވާފައިވާ ސައީދު އެ ކޮމެޓީއަށް އިންތިޚާބުވެ ވަޑައިގަތީ އެކަމާއި ގުޅޭގޮތުން ބޭއްވި ވޯލްޑް އެސްއެމްއީ ފޯރަމްގައެވެ.

މި ފޯރަމްގައި މެންބަރު ސަޢީދު ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމާއި ގުޅޭ ގޮތުން ވާހަކަ ދައްކައިފައެވެ.

މިއީ ރާއްޖޭގެ ބޭފުޅަކު މި ފޯރަމްގައި ތަޤުރީރު ކުރެއްވި ފުރަތަމަ ފަހަރެވެ.

ޗައިނާގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލަފާދޭ ކޮމިޓީގެ އިންޓަނޭޝަނަލް އެޑްވައިޒަރީ މެމްބަރެއްގެ މަޤާމަށް ސަޢީދު އިންތިޚާބުވެވަޑައިގަތީ ތިން އަހަރުގެ މުއްދަތަކަށެވެ.

މި މަހުގެ 21 އިން 22ގެ ނިޔަލަށް ކުރިއަށް ދިޔަ ވޯލްޑް އެސްއެމްއީ ފޯރަމްގައި 50 ޤައުމަކުން 2000 މަންދޫބުން ބައިވެރިވެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *