އޭސިއާ ޕެސިފިކް ހޮޓެލްސް އެވޯޑުގައި ކިހާ މޯލްޑިވްސް ރިސޯޓަށް ތިން އެވޯޑެއް ލިބިއްޖެ އެވެ.
ކިހާ މޯލްޑިވްސް އަށް ލިބިފައިވަނީ ރާއްޖޭގެ ބެސްޓް ލަގްޒަރީ ސަސްޓޭނަބަލް ހޮޓެލްގެ އެވޯޑާއި، އެ ކެޓަގެރީން ރާއްޖޭގެ ބެސްޓް ލަގްޒަރީ ހޮޓެލް އެވޯޑްގެ އިތުރުން އިންޓަނޭޝަނަލް ފައިވް ސްޓާ ހޮޓެލް އެވޯޑެވެ.
އޭސިއާ ޕެސިޕިކް ހޮޓެލް އެވޯޑްސް ދެނީ ފަތުރުވެރިކަމުގެ ސިނާއަތުގައި ގައުމުގެ ލެވެލްގަ އާއި ރީޖަނަލް އަދި މުޅި ދުނިޔެއިން ހޮވާލާ އެންމެ ފެންވަރު ރަނގަޅު ތަންތަނަށެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން 20 މިނެޓުން ދެވޭ ރާސްތާގަައި އޮންނަ ކިހާ މޯލްޑިވްސްއަކީ ބ. އަތޮޅުގައި ޔުނެސްކޯ އިން ހިމާޔަތް ކޮށްފައިވާ ބައޮސްފިއާ ރިޒާވްގައި ހިންގާ ފަސް ތަރީގެ ރިސޯޓެވެ. މި