ބަހުރެއިނުގެ ގަލްފް އެއާ އިން ދިވެހިރާއްޖެއަށް ދަތުރުތައް ފަށަން ތައްޔާރުވެއްޖެ އެވެ.

ގަލްފް އެއާ އިން ބުނީ އަންނަ އޮކްޓޯބަރު މަހުގެ 26 އިން ފެށިގެން އެ އެއާލައިނުގެ ދަތުރުތައް ރާއްޖެއަށް ފަށާނެ ކަމަށާއި، އެގޮތުން ހަފްތާ އަކު ފަސް ފްލައިޓު ބާއްވާނެ ކަމަށެވެ.

ބަހްރެއިންގެ ގަލްފް އެއާގެ އުދުހުންތައް ރާއްޖެއަށް ފަށަން ތައްޔާރުވެފައިވާއިރު، ކުރުނބާ މޯލްޑިވްސްގައި ނިމިގެންދިޔަ ޕާޓްނާޝިޕް ފޯރަމުގައި ބައިވެރިވެ ވަޑައިގެންނެވި ބަހްރެއިނު ސަރުކާރުގެ އޮފިޝަލަކު ވަނީ ރާއްޖޭގައި އިންވެސްޓު ކުރުމަށް ޝައުގުވެރިކަން ފާޅުކުރައްވައިފައެވެ.

ބަހްރެއިންއިން ރާއްޖެއަަށް ދަތުރުތައް ފަށަން ތައްޔާރުވެފައިވާއިރު، މިހާރުވެސް މެދުއިރުމަތީގެ ގިނަ އެއަރލައިންތަކުން ރާއްޖެއަށް ދަތުރުތައް ކުރެއެވެ އެގޮތުން ޔޫއޭއީގެ އިއްތިހާދާއި، އެމިރޭޓްސް ފަދަ އެއަރލައިންތައް ހިމެނެއެވެ.

ބަހުރެއިނުގެ ގަލްފް އެއާ އިން ރާއްޖެއަށް އުދުހުންތައް ފެށުމަކީ މެދުއިރުމަތިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމެއްކަމަށް އިޤްތިސާދީ މާހިރުން ވިދާޅުވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.