މޫނު ބުރުގާ އަޅައިގެން ތިބި ދެ އަންހެނުން ރެޑްވޭވްގެ ފިހާރައަކުން ވައްކަން ކޮށްފިއެވެ.
އެ ދެ އަންހެނުން ވައްކަން ކޮށްފައިވަނީ މަޖީދީ މަގު، ގަލޮޅުގައި ހުންނަ ރެޑްވޭވް ފިހާރައިންނެވެ.
ފުލުހުން ވިދާޅުވީ، މިރޭ 22:10 ހާއިރު މާލޭ މަޖީދީ މަހު ގަލޮޅު ރެޑްވޭވް ފިހާރައިން ދެ އަންހެނަކު ވައްކަން ކޮށްފައިވާކަމަށްބުނެ ފުލުހަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.
ފަހަކަށް އައިސް މާލޭގައި ވައްކަން ކުރުން ވަނީ އާންމުވެފައެވެ.