މިދިޔަ އަންގާރަ ދުވަހު ގެއްލިގެން، ހޯދަން އިއުލާން ކުރި 14 ފިރިހެން ކުއްޖާ އަދިވެސް ނުފެންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ދަފުތަރު ނަންބަރު ރސ 2997 ޝައިމް އަބްދުﷲ 14، ގެއްލުނީ މިދިޔަ އަންގަރާ ދުވަހު އެވެ.
ޝައިމް ގެއްލިގެން އޭނާ ހޯދަމުން އަންނަ ކަމަށް ފުލުހުން އިއުލާން ކުރީ ބުރާސްފަތި ދުވަހުއެވެ. އަދި މިއަދާ ހަމައަށްވެސް ޝައިމްގެ އެއްވެސް ހިލަމެއް ވެފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.
ޝައިމް ގެއްލިގެން ހޯދަމުން އަންނައިރު، އޭނާ ގެއްލުނީ މާލެއިން ކަމެއް ނުވަތަ އަތޮޅުތެރޭގެ ރަށަކުން ކަމެއްވެސް ފުލުހުން ހާމައެއް ނުކުރެއެވެ.
ފުލުހުން ހަމައެކަނި އެދެނީ އެ ކުއްޖާއާބެހޭ މައުލޫމާތެއް ލިބިފައިވާ ނަމަ ހިއްސާ ކުރާށެވެ.