މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުންތަކުގެ މައްސަލަ ބަލައި ނިމެންދެން ކަރެކްޝަނަލް ސާވިސްގެ އިމަޖެންސީ ސަޕޯޓް ގްރޫޕް (އީއެސްޖީ)ގެ ކޮމާންޑަރަކު ސަސްޕެންޑްކޮށްފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މާފުށީ ޖަލުގައި މިދިޔަ ބުރާސްފަތި ދުވަހު ހިނގި ހަމަނުޖެހުންތަކާ ގުޅިގެން މިނިސްޓަރު އިމްރާން މިއަދު ވަނީ، ޖަލުގެ ހާލަތު ބައްލަވާލެއްވުމަށް އެ ޖަލަށް ޒިޔާރާތްކޮށްފައެވެ.
އަދި ޖަލުގެ ހާލަތު ބައްލަވާލެއްވުމަށް ފަހު އެނބުރި މާލެ ވަޑައިގެން ތިން ނަންބަރު ފާލަމުގައި ހުންނަވާ ދެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އިމްރާން ވިދާޅުވީ، ކޮމާންޑަރު ސަސްޕެންޑް ކުރީ ހަމަނުޖެހުންތަކާ ގުޅިގެން ކުރަމުންދާ ތަހުގީގު ބަލައި ނިމެންދެން ވަގުތީ ގޮތުން ކަމަށެވެ.
އަދި އެ މައްސަލަ ބަލައި ނިމުމުން ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކަށް ފިޔަވަޅު އެޅިގެންދާނެ ކަމަށެވެ.
ޖަލުގެ ގަވާއިދުގައިވާ ގޮތުން އިމަޖެންސީ ހާލަތެއް ދިމާވެއްޖެނަމަ ކަރެކްޝަންގެ އީއެސްޖީ ގުރޫޕުން އެވަގުތު އެޖެހޭ މައްސަލައެއް ޓޭކްއޯވާ ކުރަންޖެހޭނެ އެވެ. އަދި މައްސަލަ ހައްލުވަންދެން ޖަލު ބަލަހައްޓަމުން ގެންދާނީ އީއެސްޖީ އިންނެވެ.