މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފުން ކޮންމެ އަހަރަކުވެސް ބާއްވާ އަސްކަރީ ތަމްރީން "އެކްސަސައިޒް ރަންނަމާރި ހަންޓް" އަންނަ އާދިއްތަ ފަށަން ނިންމައިފި އެވެ.
އެމްއެންޑީއެފް އިން ބުނީ ރަންނަމާރި ހަންޓު ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ މާލެ، ހުޅުމާލެ، ހުޅުލެ، ކ. ތިލަފުށީ އަދި ޅ އަތޮޅާއި ރ އަތޮޅުގައި ކަމަށާއި އެ ހަރަކާތް ކުރިޔަށް ދާނީ އަންނަ ހަފްތާ އާދީއްތަ ދުވަހުން ފެށިގެން އެ ހަފްތާގެ ބުރާސްފަތި ދުވަހާ ހަމަޔަށް ކަމަށެވެ.
އަދި ރަންނަމާރި ހަންޓްގައި ސިފައިން ހަތިޔާރާއި ގޮވާތަކެތި ބޭނުންކުރާނެ ކަމަށާއި މާލެ އާއި ހުޅުމާލޭގައި އާމަޑް ވެހިކަލް ވެސް ބޭނުން ކުރާނެ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.