ދާދިފަހުން ރެއާލް މެޑްރިޑަށް ބަދަލުވި ބެލްޖިއަމްގެ އެޑެން ހަޒާޑަކީ ހުނަރުވެރި މޮޅު ކުޅުންތެރިއެއް ނަމަވެސް، އެއީ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ބަދަލުގައި ގެނައި ކުޅުންތެރިއެއް ނޫންކަމަށް އެ ޓީމުގެ ކުރީގެ ފޯވާޑް ފެނާންޑޯ މޮރިއެންޓެސް ބުނެފިއެވެ.

ރެއާލް ދޫކޮށް މިދިޔަ އަހަރު ޔުވެންޓަސް އަށް ބަދަލުވި ރޮނާލްޑޯ ނެތްތަން ފޫނުބެއްދޭނެކަމަށް މޮރިއެންޓެސް ބުންޏެވެ.

"ރޮނާލްޑޯ ނެތްތަން ފޫބެއްދޭވަރުގެ ކުޅުންތެރިއަކު ނެތް،"

ރޮނާލްޑޯ ކަހަލަ އިތުރު އެހެން ކުޅުންތެރިއަކުވެސް ނެތް." މޮރިއެންޓެސް ބުންޏެވެ.

ރޮނާލްޑޯ ވަނީ ރެއާލްގައި ހޭދަކުރީ ނުވަ އަހަރު ދުވަހުގެ ތެރޭގައި ކުޅުނު 438 މެޗުގައި ޖުމްލަ 450 ގޯލް ޖަހައިދީފައެވެ.

އޭނާގެ ވާހަކަ ނިންމާލަމުން ވަނީ ހަޒާޑަށް ތައުރީފްކޮށްފައެވެ. އަދި އޭނާ ވަނީ ހަޒާޑަކީ ރޮނާލްޑޯގެ ބަދަލުގައި ގެނައި ކުޅުންތެރިއެއްގެ ގޮތުގައި ނުދެކުމަށް ގޮވާލާފައެވެ.

"ހަޒާޑަކީ ދުނިޔޭގައި މިވަގުތު ތިބި މޮޅު ކުޅުންތެރިންގެ ތެރޭގައި ގުނާލެވޭ ކުޅުންތެރިއެއް. ނަމަވެސް، ރެއާލަށް އޭނާ ގެނައީ ރޮނާލްޑޯގެ ބަދަލުގައި ކަމަށް ދެކިގެން ނުވާނެ."

"މީގެ ހުރިހާ ކަމެއް ބިނާވެގެންވަނީ، ރެއާލްގެ ސްޓައިލަށް ހަޒާޑް ހޭނި ރަނގަޅު ކުޅުމެއް ދެއްކުން، ޝައްކެއްވެސް ނެތް އޭނާ އަކީ ހުނަރުން ފުރިފައިވާ މޮޅު ކުޅުންތެރިއެއް،"

"އެ މަގާމުގައި ތަފާތު ދެއްކޭނެ ކަހަލަ ކުޅުންތެރިއެއް ހޯދުމަށް ރެއާލުން މަސައްކަތްކުރާތާ ދުވަސްތަކެއްވެއްޖެ." އިންޓަވިއު ނިންމާލަމުން މޮރިއެންޓެސް ބުންޏެވެ.

ރެއާލުން ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން، ހަޒާޑުގެ އިތުރުން ސާބިއާގެ ފޯވާޑް ލޫކާ ޖޮވިޗް، އެޑާ މިލިޓާއޯ އާއި ރޮޑްރީގޯ އަދި ފްރާންސްގެ ފުލްބެކް ފޭލަންޑް މެންޑީ ވަނީ ގެނެސްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *