އަންނަ އޯގަސްޓް މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޓީން ޗޮއިސް އެވޯޑްސްގެ ނޮމިނޭޝަންތައް ހާމަކުރިއިރު އެ ލިސްޓުގެ އެންމެ ކުރީގައި އުޅެނީ "އެވެންޖާޒް: އެންޑްގޭމް" އާއި "އެލާޑިން" އެވެ. 

އެންމެ ގިނަ ކެޓަގަރީ އިން ނޮމިނޭޓްވި ފިލްމު، "އެވެންޖާޒް: އެންޑްގޭމް" ނުވަ ނޮމިނޭޝަން ހާސިލްކުރިއިރު، "އެލާޑިން" ވެސް ފަސް ކެޓަގަރީން ނޮމިނޭޓްވެފައިވެއެވެ.

ޓީވީ ސީރީޒްގެ ކެޓަގަރީން އެންމެ ގިނަ ނޮމިނޭޝަން ހޯދީ އާޗީ ކޮމިކްސްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ "ރިވަޑޭލް" އާއި "ދަ ފްލޭޝް" އަދި "ޝެޑޯހަންޓާޒް" އެވެ. މިއިން ކޮންމެ ސީރީޒްއެއް ވަނީ ހަތަރު ކެޓަގަރީން ނޮމިނޭޓްވެފައެވެ.

މީގެއިތުރުން، ދެން އެންމެ ގިނަ ނޮމިނޭޝަން ހޯދި ފަރާތްތަކުގެ ތެރޭގައި، އެންމެ ފަހުން ނެރުނު އަލްބަމް "އޯލްޑް ޓައުން ރޯޑް" އިން ގިނަ ބައެއްގެ މަގްބޫލްކަން ހޯދި ރެޕާ ލިލް ނަސް އެކްސް އާއި ޕޯސްޓް މަލޯން ހިމެނެއެވެ. ލިލް ނަސް، ފަސް ކެޓަގަރީން ނޮމިނޭޓްވިއިރު ޕޯސްޓް މަލޯން ވަނީ ހަތަރު ނޮމިނޭޝަން ހާސިލްކޮށްފައެވެ.

މިފަހަރުގެ ޓީން ޗޮއިސް އެވޯޑްސްގެ ނޮމިނޭޝަން ހޯދި ހުރިހާ ފަރާތްތަކަށް ވޯޓްލުމަށް މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލައިފައިވާ މި ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޯގަސްޓް މަހުގެ 11 ވަނަ ދުވަހުގައެވެ.

ޓީން ޗޮއިސް އެވޯޑްސްގެ ބައެއް ނޮމިނޭޝަން ލިސްޓު:

ޗޮއިސް އެކްޝަން މޫވީ:

  • "އެންޓް-މޭން އެންޑް ދަ ވޯސްޕް"
  • "މެން އިން ބްލެކް: އިންޓަނޭޝަނަލް"
  • "ބަމްބްލްބީ"
  • "އެވެންޖާޒް: އެންޑްގޭމް"
  • "ކެޕްޓަން މާވެލް"
  • "ސްޕައިޑާ-މޭން: އިންޓު ދަ ސްޕައިޑާ-ވާސް"

ޗޮއިސް އެކްޝަން މޫވީ އެކްޓަރ:

  • ކްރިސް އިވާންސް - "އެވެންޖާޒް: އެންޑްގޭމް"
  • ކްރިސް ހެމްސްވޯތު - "އެވެންޖާޒް: އެންޑްގޭމް"، "މެން އިން ބްލެކް: އިންޓަނޭޝަނަލް"
  • ޖޯން ސީނާ - "ބަމްބްލްބީ"
  • ޕޯލް ރަޑް - "އެންޓް-މޭން އެންޑް ދަ ވޯސްޕް"، "އެވެންޖާޒް: އެންޑްގޭމް"
  • ރޮބަޓް ޑައުނީ ޖޫނިއަރ - "އެވެންޖާޒް: އެންޑްގޭމް"
  • ސެމުއެލް އެލް ޖެކްސަން - "ކެޕްޓަން މާވެލް"

ޗޮއިސް އެކްޝަން މޫވީ އެކްޓްރެސް:

  • ބްރީ ލާޒަން - "ކެޕްޓަން މާވެލް"
  • އެވަންޖެލީން ލިލީ - "އެންޓް-މޭން އެންޑް ދަ ވޯސްޕް"
  • ހެއިލީ ސްޓެއިންފެލްޑް - "ބަމްބްލްބީ"
  • ސްކާލެޓް ޔޮހަންސަން - "އެވެންޖާޒް: އެންޑްގޭމް"
  • ޓެއްސާ ތޮމްސަން - "މެން އިން ބްލެކް: އިންޓަނޭޝަނަލް"
  • ޒޯއީ ސަލްޑާނާ - "އެވެންޖާޒް: އެންޑްގޭމް"

ޗޮއިސް ސައި-ފައި/ފެންޓަސީ މޫވީ:

  • "އެލާޑިން"
  • "އަކުއާމެން"
  • "ޑާކް ފީނިކްސް"
  • "ފެންޓާސްޓިކް ބީސްޓްސް: ދަ ކްރައިމްސް އޮފް ގްރިންޑެލްވަލްޑް"
  • "މޭރީ ޕޮޕިންސް ރިޓާންސް"
  • "ޝަޒާމް!"

    ޗޮއިސް ޑްރާމާ މޫވީ:

    • "އާފްޓަ"
    • "ބޮހިމިއަން ރާޕްސޮޑީ"
    • "ބްރޭކްތުރޫ"
    • "ފައިވް ފީޓް އެޕާޓް"
    • "ދަ ހޭޓް ޔޫ ގިވް"
    • "ޓު އޯލް ދަ ބޯއީސް އަ ހޭވް ލަވްޑް ބިފޯރ"

    ޗޮއިސް ކޮމެޑީ މޫވީ:

    • "ކްރޭޒީ ރިޗް އޭޝިއަންސް"
    • "އިންސްޓަންޓް ފެމިލީ"
    • "އިޒްންޓް އިޓް ރޮމޭންޓިކް"
    • "ލިޓްލް"
    • "ޕޮކެމޮން ޑިޓެކްޓިވް ޕިކަޗޫ"
    • "ދަ ޕާފެކްޓް ޑޭޓް"

    ޗޮއިސް ޑްރާމާ ޓީވީ ޝޯވ:

    • "ގުޑް ޓްރަބަލް"
    • "މާވެލްސް ރަންއަވޭސް"
    • "ޕްރިޓީ ލިޓްލް ލަޔާސް: ދަ ޕާފެކްޝަނިސްޓްސް"
    • "ރިވަޑޭލް"
    • "ސްޓާރ"
    • "ދަ ރެޒިޑެންޓް"

    ޗޮއިސް ސައި-ފައި/ފެންޓަސީ ޓީވީ ޝޯވ:

    • "ޗާމްޑް"
    • "ޗިލިންގ އެޑްވެންޗާޒް އޮފް ސަބްރީނާ"
    • "ލެގަސީޒް"
    • "ޝެޑޯހަންޓާޒް"
    • "ސުޕަނެޗުރަލް"
    • "ދަ 100"

    ޗޮއިސް އެކްޝަން ޓީވީ ޝޯވ:

    • "އެރޯ"
    • "ޑީސީ ލެޖެންޑްސް އޮފް ޓުމޯރޯ"
    • "ގޮތަމް"
    • "މެކްގީވާ"
    • "ސުޕަގާލް"
    • "ދަ ފްލޭޝް"

    ޗޮއިސް ފިރިހެން އާޓިސްޓް:

    • އެޑް ޝީރަން
    • ޚާލިދް
    • ލިލް ނަސް އެކްސް
    • ޕޯސްޓް މަލޯން
    • ޝޯން މެންޑެސް

      ޗޮއިސް އަންހެން އާޓިސްޓް:

      • އަރިއަނާ ގްރަންޑޭ
      • ބިލީ އެއިލިޝް
      • ކާޑީ ބީ
      • ހާލްސޭ
      • ލޯރެން ޖައުރެގީ
      • ޓޭލާ ސްވިފްޓް
      0
      0
      0
      0
      0

      މިލިޔުމާއި ގުޅޭ

      ކޮމެންޓް

      Your email address will not be published. Required fields are marked *