ރާއްޖޭގެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދައިފައިވާ ބޮޑުބެރު ގްރޫ،ޕް މަންދީރަ ބޮޑުބެރު ގްރޫޕުގެ ސީނިއާ ބައެއް މެންބަރުން އެ ގްރޫޕުން ވަކިވެއްޖެއެވެ.

"ޖަޒީރާ ނިއުސް"އަށް ކަށަވަރުވެފައިވާ ގޮތުގައި އެ ގްރޫޕުން ވަކިވެފައިވަނީ މަންދީރައިގެ އެސިސްޓެންޓް މެނޭޖަރ އަހުމަދު ވަލީދް( ފިއްޓެ) އާއި، އަބްދުﷲ މުރުޝިދު (ލާރާ)ގެ އިތުރުން ނައުޝާދު ލަތީފް(ޒަރޭ) އެވެ.

އަބްދުﷲ ވަލީދަކީ މަންދީރައިގައި ހަތް އަހަރަަށް ވުރެ ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ މެންބަރެކެވެ. ޅެން ހެދުމާއި، ލަވަހެދުމުގެ އިތުރުން ލަވަކިޔުމުގައިވެސް ހަރަކާތްތެރިވާ ފިއްޓެއަކީ މަންދީރަ ހޯދައިފައިވާ ކާމިޔާބީތަކުގެ އެންމެ ބޮޑު ހިއްސާއެއް އަދާކުރި ފަރާތެވެ.

މޯލްޑިވިއަން އައިޑަލްއިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ލާރާ އާއި ޒަރޭއަކީވެސް މަންދީރައިގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކޮށްފައިވާ ދެތަރިންނެވެ. އެގޮތުން ލާރާ މަންދީރައިން ވަކިވިއިރު އޭނާއަކީ  އެ ގުރޫޕުގެ މާކެޓިންގ މެނޭޖަރެއެވެ. އަދި ޒަރޭ އަކީ އެ ގުރޫޕުގެ ލީޑު ވޯކަލިސްޓެކެވެ.

މަންދީރަ ގުރޫޕުގެ އިސް ބައެއް މެންބަރުން އެ ގްރޫޕު ދޫކޮށްލާފައިވާއިރު އެކަމާއި ގުޅޭ ގޮތުން އިތުރު މައުލޫމާތު ހޯދާލުމަށް "ޖަޒީރާ ނިއުސް" އިން ފިއްޓެއަށް ގުޅާލުމުން ފޯނަށް ޖަވާބު ނުދެއްވާތީ އިތުރު މައުލޫމާތު ލިބޭ ގޮތް ވަނީ ނުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *