މާލޭ ނޯތް ހާބަރަށް ވަންނަން އައި މުދާ އުފުލާ ބޯޓަކާއި، ދޯންޏެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ބުނީ، ރޭ 00:46 ހާއިރު ނޯތް ހާބަރާއި ދިމާލުން ވަންނަ ދިޔަ މުދާ އުފުލާ ބޯޓަކާއި، ދޯންޏެއް ޖެހި އެކްސިޑެންޓްވެ، ބޯޓް ދިޔަވާކަމަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އަދި އެ ހާދިސާގެ ރިޕޯޓް ލިބުމާއި އެކު މެރައިން ޕޮލިހުން އެ ސަރަހައްދަށް ގޮސް އެ ބޯޓު ނޯތު ހާބަރަށް ވައްދާފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާއިރު، ބޯޓު ދުއްވަން އިނީ ލައިސެންސް އޮންނަ މީހެއް ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.