އއ. ތޮއްޑޫ ގެސްޓްހައުސް އަކުން ގިނަ އަދަދެއްގެ ބަނގުރާ ފުޅިއާއި ދަޅު ހޯދައިފިއެވެ.
ފުލުހުން ވިދާޅުވީ، އއ ތޮއްޑޫ ގެސްޓްހައުސްއެއްގައި ބަނގުރާ ގެންގުޅެ، ބަނގުރަލުގެ ވިޔަފާރި ކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ރޭގެ ވަގުތެއްގައި އެ ގެސްޓްގައުސް ބަލައި ފާސްކުރި އިރު ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 67 ފުޅިއާއި، 74 ދަޅު ފެނިފައިވާ ކަމަށެވެ.
އަދި އެ މައްސަލައިގައި އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައިނުވާއިރު، އެ މައްސަލަ އަންނަނީ އިތުރަށް ތަހުޤީޤު ކުރަމުން ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.