ދައުލަތުގެ ޔޫސެބަލް ރިޒާވް ޖެހިޖެހިގެން ތިން ވަނަ މަހު ދަށަށް ހިނގައްޖެ އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އޭޕްރީލް މަސް ނިމުނު އިރު ޔޫސެބަލް ރިޒާވް ވަނީ 250.2 މިލިއަން ޑޮލަރަށް ވެއްޓިފަ އެވެ. އެއީ، މާރިޗް މަހު ޔޫސެބަލް ރިޒާވް ހުރި އަދަދު ކަމަށްވާ، 251.8 މިލިއަން ޑޮލަރަށް ވުރެ، 1.6 މިލިއަން ޑޮލަރު މަދު އަދަދެކެވެ.

އޭޕްރީލް މަހު ދައުލަތުގެ ޔޫސެބަލް ރިޒާވް ދަށްވިއިރު، މާރިޗް މަހާއި ފެބުރުއަރީ މަހުވެސް ވަނީ ޔޫސެބަލް ނުވަތަ ބޭނުން ކުރެވޭ ރިޒާވް ދަށަށް ގޮސްފައެވެ. 

މިއަހަރު ފެށުނު އިރު ޔޫސެބަލް ރިޒާވް 317.9 މިލިއަން ޑޮލަރުގަ އެވެ.

ޔޫސެބަލް ރިޒާވް ދަށަށް ދިޔަ ނަމަވެސް، ރާއްޖޭގެ ޖުމްލަ ރިޒާވް ނޫނީ ގްރޮސް އިންޓަނޭޝަނަލް ރިޒާވް ވަނީ އިތުރުވެފައެވެ. އެގޮތުން އެޕްރީލް މަސް ނިމުނު އިރު، ޖުމްލަ ރިޒާވް ހުރީ 778 މިލިއަން ޑޮލަރުގަ އެވެ. އެއީ، މާރިޗް މަހު ޖުމްލަ ރިޒާވް ހުރި އަދަދަށް ވުރެ، 1.8 މިލިއަން ޑޮލަރު އިތުރުއަދަދެކެވެ.

ރާއްޖޭގެ ރިޒާވް އެއް ބިލިއަން ޑޮލަރަށް ހެދުމަކީ އަދުގެ ރައީސް، ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ރިޔާސީ ވައުދެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *