އަވަށްޓެރި ސްރީލަންކާއަށް ދާ ދިވެހިންގެ އަދަދު ބޮޑުތަނުން މަދުވެއްޖެއެވެ.

ލަންކާއަށް ދާ ދިވެހިންގެ އަދަދު މަދުވެފައި މިވަނީ އެގައުމުގައި މިދިޔަ އޭޕްރީލް މަހުގައި ދިން ނިރުބަވެރި  ހަމަލާތަކުގެ ސަބަބުންނެވެ. އެގޮތުން އެ ހަމަލާތަކަށް ފަހު އެގައުމުން އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެ މަހު އެގައުމަށް ދަތުރުކުރީ 4655 ދިވެހިންނެވެ. ނަމަވެސް މިދިޔަ އަހަރުގެ އެ މުއްދަތުގައި އެ ގައުމަށް ދަތުރުކުރި ދިވެހިންގެ އަދަދަކީ 5696 އެކެވެ. އެހެންކަމުން އެއީ 18 އިންސައްތައިގެ ދަށްވުމެކެވެ.

ލަންކާގެ ފަތުރުވެެެރިކަމުގެ ސިނާއަތުގައި ދިވެހިން ބޮޑު ދައުރެއް އަދާކުރާއިރު އެއަރލައިންތަކުން ބުނެފައިވާ ގޮތުގައި ލަންކާގެ ހަމަލާއަށް ފަހު އެގައުމަށް ދަތުރުކުރާ ދިވެހިންގެ އަދަދު މަދެވެ. އެގޮތުން މިދިޔަ ފިތުރު ޢީދު ދުވަހުގައިވެސް އެގައުމަށް ދަތުރުކުރި ދިވެހިންގެ އަދަދު މަދު ކަމަށް އެއަރލައިން ތަކުން ބުނެއެވެ.

ސްރީލަންކާގައި އެޕްރީލް މަހުގެ 22 ވަނަ ދުވަހު ދިން ނިރުބަވެރި ހަމަލާތަކާއި ގުޅިގެން އެ ގައުމުގެ ޓޫރިޒަމް އޮކިއުޕެންސީ ރޭޓް ވަނީ 85 އިންސައްތަ ދަށަށް ގޮސްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *