އުމުރުން އެންމެ 14 އަހަރުގެ ފިރިހެން ކުއްޖަކު ގެއްލިގެން ހޯދަމުން ދާކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން ބުނީ ކުޑަކުއްޖަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓުކުރުމާއި ގުޅިގެން އެކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާކަމަށެވެ. ގެއްލިގެން ހޯދަމުންދަނީ ދަފުތަރު ނަންބަރު ރސ 2997، ޝައިމް ޢަބްދުﷲ ކަމަށް ފުލުހުން ބުނެއެވެ.

ޝައިމް ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 18 ޖޫން 2019ވަނަ ދުވަހުގެ 9:29 ހާއިރުކަމަށް ފުލުހުން ބުނެއެވެ. މިހާތަނަށް ދެ ދުވަސް ފާއިތުވެފައިވާއިރު، ޝައިމް ހޯދުމުގައި އާންމުންގެ އެހީތެރިކަމަށް ފުލުހުންވަނީ އެދިފައެވެ. އަދި ޝައިމުގެ ޚަބަރެއް ނުވަތަ އެއްވެސް މައުލޫމާތެއް ލިބިއްޖެކަމުގައިވާނަމަ، 3000600 އަށް ގުޅުމަށް ފުލުހުންވަނީ އިލްތިމާސްކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *