މާފުށީ ޖަލުގެ ގައިދީއަކު، ޖަލުބަލަހައްޓާ އޮފިސަރަކަށް ހަމަލަދީ މިއަދު ޒަޚަމްކޮށްލައިފި އެވެ.
ކަރެކްޝަންސް ކުރި ޓްވީޓެއްގައި ބުނެފައިވަނީ ހަމަލާއާއި ގުޅިގެން އަނިޔާ ލިބުނު އޮފިޝަލަށް ފަރުވާ ދިނުމަށް މާލެގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އޮފިސަރަކަށް ހަމަލަދިނީ މާ ބޮޑު ހަމަނުޖެހުމެއްގެ ތެރޭގައި ނޫން ކަމަށް ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް މައުލޫމާތު ދެއެވެ.
އޮފިސަރަށް ހަމަލާދޭން ބޭނުންކުރި ތަކެތި ހޯދައި އާއްމު ހާލަތަށް މިހާރު ޖަލު ގެނެސްފައިވާ ކަމަށް ކަރެކްޝަނަލް ސާވިސް އިން މައުލޫމާތުދެއެވެ.