ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީއާ ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަނުން ކުރަމުންދާ ތަހުގީގު އާންމުކޮށް ހުޅުވާލައިގެން ދަރުބާރުގޭގައި ފަށައިފި އެވެ.

ފަނޑިޔާރު ދީދީއާ ގުޅޭގޮތުން ޖޭއެސްސީން ބަލަން ނިންމާފައިވާ މައްސަލައަކީ ފަނޑިޔާރު ދިދީއާ ގުޅޭގޮތުން ފުލުހުން ބަލަމުންދާ މައްސަލާގައި ސުލޫކީ މައްސަލައެއް ވޭތޯއާއި، ޖުޑީޝަލް ސާވިސް ކޮމިޝަނުން ދީދީ ސަސްޕެންޑްކޮށްފައި ވަނިކޮށް ރަސްމީ މަސައްކަތަށް ނިކުމެ ވަޑައިގަންނެވި މައްސަލަ އެވެ.

މީގެއިތުރުން ވެސް ދީދީއާ ގުޅުންހުރި އިތުރު ތިން މައްސަލައެއް ބަލަމުންދާކަން ޖޭއެސްސީން އިއްޔެ ވަނީ ހާމަކޮށްފައެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ދެއްވާފައެއްނުވެ އެވެ.

ޖޭއެސްސީން ފަނޑިޔާރު ދީދީ ސަސްޕެންޑް ކުރަން ނިންމާފައިވަނިކޮށް، އެ ނިންމުމަށް އަމަލުކުރުން ފަސްކުރުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ޖޭއެސްސީން ވަނީ ގޮންޖަހައި އެ ނިންމުން ދަމަހައްޓާފަ އެވެ.

މިދިޔަ ހޯމަ ދުވަހު ޖޭއެސްސީގެ ތަހުގީގަށް ދީދީ ހާޒިރު ކުރުމުން އޭނާ ވަނީ މައްސަލަތަކުގެ ތަހުގީގު އާއްމުކޮށް ހުޅުވާލައިގެން ބޭއްވުމަށް އެދިފަ އެވެ. އެއާއެކު ޖޭއެސްސީގެ އިއްޔެގެ ބައްދަލުވުމުގައި ވަނީ ދީދީ އެދުނު ގޮތަށް ހުޅުވާލައިގެން މައްސަލަތަކުގެ ތަހުގީގު ކުރިއަށް ގެންދަން ނިންމާފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *